ފަންޑު ހޯދަން ވަފާއިން މިފަހަރު ނައިޓް މާކެޓެއް

ބ. އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަށް ފަންޑު ހޯދުމަށް ޖަމިއްޔަތުލް ވަފާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ނައިޓް މާކެޓެއް ބާއްވަން ނިންމައިފި އެވެ.

“ރަން ޔޫބީލް ނައިޓް މާކެޓް 2019“ގެ ނަމުގައި ބާއްވާ މި ނައިތް މާކެޓް އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ދުވަހު ހަވީރު 4:00 އިން 6 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ވަފާ ޖަމިއްޔާގެ ދެކުނުން އޮތް ހުސް ބިމުގަ އެވެ.

އޭދަފުށީގެ ބައެއް ވިޔަފާރިވެރިންނާ ގުޅިގެން ބާއްވާ މި ނައިޓް މާކެޓްގައި ތަފާތު ވައްތަރުގެ މުދާ ހެޔޮ އަގުގައި ހޯދުމަށާއި ގޮތުންނާއި ގިނަ މުދާ އެއްތަނަކުން  ހޯދަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެއްކަމަށް އެޖަމިއްޔާއިން ބުންޏެވެ.

ވަފާ ޖަމިއްޔާއިން ބުނީ ނައިޓްމާކެޓް ގައި އޭދަފުށީގެ ގިނަ ފިހާރަތަކަކުން ބައިވެރިވާކަމަށާއި މި ކަމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާ ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 6 ވަނަ ދުވަހުގެ ރޭ 10 ޖެހުމުގެ ކުރިން 7896915 އާއި ގުޅުއްވުމަށްވެސް އެޖަމިއްޔާއިން އެދެއެވެ.

އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަށް ފަންޑު ހޯދުމަށް ޖަމިއްޔަތުލް ވަފާއިން މީގެ ކުރިން ވަނީ ދެ ފުޑްފެއަރ އެއް ވެސް ބާއްވާފައެވެ.

އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުނީ މިދިޔަ ޑިސެމްބަރު މަހު އެވެ. ނަމަވެސް ވަފާ ޖަމިއްޔާއިން ރަންޔޫބީލް ފާހަގަކުރުމުގެ ހަރަކާތްތައް ކުޅިވަރު އީދެއްގެ ގޮތުގައި ފާހަގަކުރުމަށް ނިންމާފައިވަނީ އަންނަ މާޗުމަހުގެ ފުރަތަމަ ޓާމުގެ ބަންދުތެރޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.