
ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އެރަށު ގުލްބަހާރުގޭ އަލްއުސްތާޒު އިބްރާހީމް ޢަފީފް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

އަފީފް އިއްޔެ ފޭސްބްކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ މަޖިލިސްގައި ތުޅާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ ތަމްސީލުކުރުމަށް އެ ދާއިރާގެ ގޮނޑިއަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ތާއީދާއެކު ވާދަކުރަންވަން ނިންމާފައިވާ ކަމަށެވެ.
“އުއްމީދަކީ ދާއިރާގެ ގިނަ ފަރާތްތަކުގެ ތާއީދާއެކު ތަރައްގީގެ މަގު ކޮށައިދިނުމަށް ފުރުސަތު ދެއްވުމެވެ،” އަފީފް ލިޔުއްވާފައިވެ އެވެ.
އާންމުންގެ ސަޕޯޓު ބޮޑު ހިސާން ކުރިމަތިލައްވާ ތުޅާދޫ ދާއިރާއަކީ އެމްޑީޕީގެ ސަޕޯޓް ބޮޑު ދާއިރާއެކެވެ. އެ ދާއިރާގައި މިހާރު ހުންނެވި ނާޒިމް ރަޝާދު ވެސް އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީ ޓިކެޓުގަ އެވެ. ނަމަވެސް އޭނާ ފަހުން ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.
މިފަހަރު ތުޅާދޫ ދާއިރާއަށް އެމްޑިޕީން ވާދަކުރައްވަނީ މަޝްހުރޫ ގާނޫނީ ވަކީލު ހިސާން ހުސައިންއެވެ. އަދި ޕްރައިމަރީއަކާ ނުލައި އެ ދާއިރާއަށް ވާދަކުރުމަށް މުހައްމަދު އަތީފަށް ޕީޕީއެމުން ވަނީ ޓިކެޓް ދީފައެވެ.
