އުރީދޫގެ “ވޯރ އޮން ވޭސްޓް” ކެމްޕެއިން ނައިބު ރައީސް އިފްތިތާހު ކޮށްދެއްވައިފި

“ވޯރ އޮން ވޭސްޓް” ގެ ނަމުގައި އުރީދޫ މޯލްޑިވްސްއިން ހިންގާ ތިމާވެށީގެ ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާހު ކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ މިއަދު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހަށް ކުރެއްވި ޒިޔާރަތުގައެވެ.

“ވޯރ އޮން ވޭސްޓް” ކެމްޕެއިން ލޯންޗް ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ ދާއިރާގައި އުރީދޫ މޯލްޑިވްސްގެ ހިއްސާ ފާހަގަކުރައްވައި، ރާއްޖޭގެ އިޖުތިމާއީ ކުރިއެރުމަށް އެކުންފުނިން ކޮށްދެމުން ގެންދާ ގިނަގުނަ ޚިދުމަތްތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ކުރިއެރުމަށް އުރީދޫ މޯލްޑިވްސް އިން ހިންގަމުންދާ ހަރަކާތްތަކަކީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ހަރަކާތްތަކެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހަށް ކުރެއްވި ޒިޔާރަތުގައި، އެ އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެކުންފުނީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.