ބައިލައްކަ ރުފިޔާގެ ގުރުއާން މުބާރާތް ފަށައިފި

ރެޑްވޭވް ސަލީމުގެ އާއިލާއިން ބާއްވާ ގުރުއާން މުބާރާތުގައި ކުއްޖަކު ކިޔަވަނީ. އީޓީ ފޮޓޯ/ޒާއިފް އިބްރާހީމް

އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު (ރެޑްވޭވް ސަލީމް) ގެ ބައްޕަ އަލްމަރުޙޫމް އަބްދުއްރަހްމާން މުހައްމަދުގެ ހަނދާނުގައި އެ އާއިލާއިން 50،000ރ. ގެ ފައިސާ އިނާމު ހުށަހަޅުއްވައިގެން އޭދަފުއްޓަށް ހުޅުވާލައިގެން ބާއްވާ ގުރުއާން މުބާރާތް ރޭ ފަށައިފި އެވެ.

67 ދަރިވަރުން ވާދަކުރާ، މި މުބާރާތުގައި ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ހުރިހާ އުމުރުފުރާތަކެއް އެއްކޮށް ހޮވޭ އެއް ވަނަ ދަރިވަރަށް 50،000ރ. ލިބޭނެ އެވެ. ދިހަ އަހަރުން ދަށުގެ އުމުރު ފުރައިން ފެށިގެން އުމުރުން 16 އަހަރުން މައްޗަށް މި މުބާރާތުގައި މީހުން ވާދަކުރެ އެވެ.

ރެޑްވޭވް ސަލީމުގެ އާއިލާއިން ބާއްވާ ގުރުއާން މުބާރާތުގައި ކުއްޖަކު ކިޔަވަނީ. އީޓީ ފޮޓޯ/ޒާއިފް އިބްރާހީމް

މުޅި މުބާރާތުން އެއްވަނައަށް ދާ ފަރާތްތަކަށް ބައިލައްކަ ރުފިޔާގެ އިތުރުން ކޮންމެ ކެޓަގަރީއަކުންވެސް އެއްވަނަ އާއި ދެވަނަ އަދި ތިން ވަނައަށް ވެސް އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށް އެ އާއިލާއިން ބުނެއވެެ.

މި މުބާރާތް ބާއްވަނީ އޭދަފުށީގައި ތަޖްވީދު މަގަށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއް އުފެއްދުމާއި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހިތްތަކުގައި ގުރުއާން ކިޔެވުމަށް ލޯބި ޖައްސައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.

މުބާރާތުގައި ފަނޑިޔާރުކަން ކުރައްވަނީ، އަހްމަދު ތައުފީގު، އިބްރާހިމް ޝިފާއު އާއި އަހްމަދު ރިޔާޒު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.