ސަލީމުގެ އިތުރު ކެމްޕޭން ޖަގަހައެއް ހުޅުވައިފި

އަންނަ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ކެމްޕޭން ހަރަކާތްތައް ވަރުގަދަކުރުމުގެ ގޮތުން ސަލީމުގެ އިތުރު ކެމްޕޭން ޖަގަހައެއް މިރޭ ހުޅުވައިފި އެވެ.  

“އިރުމަތީ ޒުވާނުންގެ ޖަގަހަ” ގެ ނަމުގައި އެތަން ހުޅުވީ މިރަށު  ބޮޑު މަގު އިރުމަތީ ސަރަހައްދު އަފްރޯ ގަރާޖު ކައިރީގަ އެވެ.

ސަލީމަށް ތާއިދުކުރާ ޒުވާނުންނާއި ގިނަ އަދަދެއްގެ އިސް ރަށްވެހިން ވެސް ބައިވެރިވި މި ރަސްމިއްޔާތުގައި ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު ސަލީމް ވިދާޅުވީ އޭދަފުށީ ދާއިރާގެ ގޮނޑިއަކީ މިދާއިރާގެ މީހަކު ހުންނަ ގޮނޑިއަކަށް ހަދަންޖެހޭނެ ކަމަށާއި މި ގޮނޑި އެހެން ބަޔަކު ނެގުމަކީ ދާއިރާގެ މިނިވަންކަން ގެއްލިގެން ދިއުން ކަމަށެވެ.

“މި ގޮނޑި އެހެން ބަޔަކު ނެގުމަކީ އަޅުގަނޑުމެން މި ދާއިރާގެ މިނިވަންކަން ގެއްލިގެން ދިއުން. މިއީ އަޅުގަނޑުމެން ވިސްނަން ޖެހޭނެ ކަމެއް. މިއީ ހަގީގަތުގައި އަޅުގަނޑު އެންމެ ބޮޑަށް މި ގޮނޑިއާ ދެތެރޭ ހިފާ ކަމަކީ،” ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އޭދަފުށީގެ އެއްވެސް ރައްޔިތަކު ނުހެއްލޭނެ ކަމަށާއި އޭނާއަކީ ކާކުކަން ދާއިރާގެ އެންމެނަށްވެސް އެނގޭނެ ކަމަށެވެ.

“އަޅުގަނޑކަށް ނުޖެހޭނެ މިރަށުގެ އެއްވެސް ގެއަކަށް ގޮސް އަޅުގަނޑަކީ މިވެނި މީހެކޭ ކިޔާފަ ތައާރަފު ވާކަށް. އެ މީހުންނަށް އެނގޭނެ އަޅުގަނޑަކީ ކާކުކަން. ކޮން ވައްތަރެއްގެ މީހެއްކަން. ކޮން ގޮތަކަށް ހުންނަ މީހެއްކަން ކޮންކަހަލަ މީހެއްކަން، މަކަރުވެރިއެއްތޯ ނުވަތަ ނޫނީ ރަނގަޅު މީހެއްތޯ ނުބައިމީހެއްތޯ ނޭނނެގޭ މީހަކު މިރަށަކު މިދާއިރާއަކު ނޫޅޭނެ،” ސަލީމް ވިދާޅުވި އެވެ.

މި އަހަރުގެ މަޖިލިސް އިންތިޚާބުގައި ސަލީމުގެ އިތުރުން މިދާއިރާއަށް ދެން ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ލޮޓަސްގެ ވެރިޔާ މުހައްމަދު އާރިފް (އާއްޓެ) ގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކުޅުން ތެރިޔާ އަބްދުލް މަޖީދު (މަޖިއްޓޭ) އާއި އޭދަފުށީ ދޭދަރުގޭ ޔޫސުފް މޫސާ (ޔޫސޭ) އަދި މުހައްމަދު ވަޖީހު އެވެ.

“އަޅުގަނޑަށް ޖެހޭނީ ހަމަ ގޭގެއަށްވަދެ ކުރިމަތި ލަމޭ ބުނެލަން،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.