ތިމާވެއްޓާ ބެހޭ ވޯކްޝޮޕެއް ދިގުފަރު ރިސޯޓްގައި

ބ. އަތޮޅު ދިގުފަރު އައިލެންޑް ރިސޯޓްގައި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅުންހުރި ދެ ދުވަހުގެ ވޯކްޝޮޕެއް ފަށައިފި އެވެ.

“ވޯކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމަސީ އެންޑް ޖިއޯޕޮލިޓިކްސް” ގެ ނަމުގައި ކުރިއަށްގެންދާ މި ވޯކްޝޮޕަކީ ކުރީގެ ރައީސް މުހައްމަ ދުނަޝީދުގެ އޮފީހާއި ޔޫރަޕްގެ ބައެއް ޔުނިވަސިޓީތަކާއި އަދި ބައެއް ޖަމިއްޔާތައް ގުޅިގެން ބާއްވާ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅުންހުރި ކަންކަމުގައި އދ. ރިފޯމް ކުރަންޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ވާހަކަ ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރެއްވިއިރު އެ މަނިކުފާނު ހުންނެވީ ނޫސްވެރިއެއްގެ ގޮތުގައި ކަމަށާއި، މިހާރުގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވެސް އޭރު ޖޫނިއާ ޑިޕްލޮމޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އޭގެ ތެރެއިން ވަރަށް ގިނަ ކަންކަން ދަސްވެ ވަޑައިގެންނެވި ކަމަށާއި، ތިމާވެއްޓާ ގުޅޭ ގިނަ ލިޔުންތަކެއް ލިޔުއްވުނު ކަމަށެވެ. 

އަދި ރާއްޖެގެ ވެރިކަމަށް 2009 ވަނަ އަހަރު ވަޑައިގެން ބައިނަލް އަގުވާމީ ދުނިޔޭގައި މޫސުމަށް އަންނަ ބަދަލްތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ވަރަށް ގަދައަށް ދެއްކެވި ކަމަށާއި، މިއަދު އޭގެ އެތައް އަހަރެއް ފަހުންވެސް ދައްކަވަން އޮތީ އެވާހަކަ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.