
ބ. އޭދަފުށީ ކައުންސިލްގެ ފަރާތުން ރައްޔިތުންނާ ބައްދަލުކުރުން މާދަމާ ރޭ އޮންނާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.
ރަށު ކައުންސިލުން ބުނިގޮތުގައި ބައްދަލުވުން އޮންނާނީ މާދަމާ ރޭ 8:45 ގައި އޭދަފުށީ މަލްޓިޕާޕަސް ހޯލުގަ އެވެ.
މި ބައްދަލުވުމަކީ ރަށު ކައުންސިލުން ބުނި ގޮތުގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ އަދި އޮޑިޓް ރިޕޯޓް ހުށަހެޅުމަށ ބާއްވާ ބައްދަލުވުމެކެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްގެ ފަރާތުން ބޭއްވުމަށް ލާޒިމްވާ މި ބައްދަލުވުމުގައި ވީހާ ވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް ކައުންސިލްގެ ފަރާތުން އެދިލައްވަ އެވެ.
