
ސަރުކާރުން ހަރަދުކޮށްގެން އޭދަފުށީގައި ގާއިމުކުރި ސާފު ބޯފެނުގެ ނިޒާމު ހިންގުން ފެނަކަ ކޯޕަރޭޝަންލިމިޓެޑްގެ އޭދަފުށީ ބްރާންޗާ ހަވާލުކޮށްފި އެވެ.
ފެނަކް ކޯޕަރޭޝަންގެ އޭދަފުށީ ބްރާންޗުން ނެރެފައިވާ އިއުލާނެއްގައި ބުނީ، މިރަށުގައި ފެނުގެ ހިދުމަތް ދިނުމަށްޓަކައި މިހާރު ކަނެކްޝަން ގުޅާފައިވާ ކަސްޓަމަރުން އެ ކުންފުނިން ދޫކުރާ އެޕްލިކޭޝަން ފޯމް ހުށަހެޅަން ހުޅުވާލާފައިވާ ކަމަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ މި މަސައްކަތް ކުރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑް އިން އެވެ. 74.3 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން މިރަށުގައި ވަނީ 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމުކޮށް، 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާފަ އެވެ.
އަދި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މިރަށުން ފެނުގެ ޚިދުމަތަށް ރަޖިސްޓްރީވި 500 އެއްހާ ގޭބީސީތަކަށްވަނީ ކަނެކްޝަން ގުޅައިދީފަ އެވެ.
