
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ޓްރެފިކް ފުލުހުންނާއެކު އެ ސްކޫލުގެ ދަރިވަރުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި “ޓްރެފިކް މޮނީޓާސް” ޕްރޮގްރާމްގެ ދަށުން އެ ސްކޫލު ސެޝަން ފެށޭ ގަޑީގައި ސްކޫލު ކައިރީގައި މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ދެމެހެއްޓުމުގައި ޓްރެފިކް ފުލުހުންނާ އެކު ދަރިވަރުން ވެސް ހަރަކާތްތެރިވާނެ އެވެ

ފުލުހުން ވަނީ މި ޕްރޮގްރާމުގެ ދަށުން އެ ސްކޫލުގެ ގްރޭޑް 8 އަދި 9 ގެ ދަރިވަރުންނަށް ދަރިވަރުންނަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ބެހޭ ގޮތުން މައުލޫމާތުދީ އަދި މުޢާމަލާތު ކުރުމުގެ ހުނަރުތަކާއި ސެލްފް ޑިފެންސާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައެވެ. އަދި މީގެ ތެރެއިން މި ޕްރޮފްރާމުން ފާސްވި 35 ދަރިވަރުންނަށް ވަނީ ހަނދާނީ ލިޔުމާއި މޮނީޓަސް ޓެގް ހަވާލުކޮށްފައެވެ.

މިދިޔަ އަހަރުން ފެށިގެން ސްކޫލު ސެޝަން ފެށޭ ގަޑީގައާއި އިންޓަވަލް އަދި ނިމޭ ގަޑީގައި ސްކޫލު ކައިރީގައި މަގުމަތީގެ ސަލާމަތާ ރައްކާތެރިކަންތަކައި ފުލުހުން އަންނަނީ ޓްރެފިކް ބަލަހައްޓަމުންނެވެ.
