ނިއުމާ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

ނިއުމާ

ބ. އޭދަފުށީ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރު ނިއުމާ އަހްމަދު އެ އޮފީހުގެ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތަކުން އެއްފަރާތްކޮށްފި އެވެ. 

އޭދަފުށީ ކައުންސިލުން ބުނީ، ޗުއްޓީއަށް ފަހު މި ހަފްތާ ނިއުމާ އޮފީހަށް ނުކުންނެވި ނަމަވެސް ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާ ކުރުމަށް ކައުންސިލްގައި މަސައްކަތް ކުރައްވާ އެހެން ސިވިލް ސާވަންޓަކާ  ސިވިލްސާވިސް ކޮމިޝަނުން ހަވާލުކޮށްފައިވާ ކަމަށެވެ.

“އީޓީ” އަށް އެނގިފައިވާ ގޮތުގައި ނިއުމާ ޒިންމާތަކުން ދުރުކުރުމަށްފަހު، ވަގުތީ ޒިންމާދާރުވެރިޔާގެ ގޮތުގައި ހަމަޖައްސާފައިވަނީ އެ އޮފީހުގެ ފައިނޭންސް އޮފިސަރު އިބްރާހީމް ޝިފާއު އާއެވެ.

ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތަކުން ނިއުމާ ދުރުކުރިއިރު، މިދިޔަ މަހުގެ ކުރީކޮޅު އަމިއްލަ ދަތުރެއްގައި އޭނާ މެލޭޝިޔާއަށް ގޮސް އުޅެނިކޮށް އެތަނުގެ އަންނައުނު ފިހާރައަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އޭނާވަނީ އެ ގައުމުގެ ފުލުހުންގެ ބަންދުގައި ދުވަސްތަކެއް ހޭދަކޮށްފައެވެ.

ވައްކަމުގެ މި ތުހުމަތާ ގުޅިގެން ނިއުމާއަށްވަނީ ރަށުގެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ނިއުމާގެ އާއިލާއާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓްކުރި ގޮތުގައި އޭނާ މެލޭޝިޔާއިން ވައްކަން ކޮށްފައިނުވާ ކަމަށާއި، އެއީ އެރި އޮޅުމެކެވެ.

އޭދަފުށީގެ ކަތީބުކަން ވެސް ކުރައްވާފައިވާ ނިއުމާވަނީ ރަށު ކައުންސިލުގެ ޒިންމާދާރުވެރިޔާގެ މަގާމުގައި ދިހަ އަހަރު ހިދުމަތްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.