ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެޕްޓަނަކަށް ޔުމްނާ

ތައުލީމީ މަރުކަޒުގެ މި އަހަރުގެ ކެޕްޓަނަކަށް ހޮވުނު ޔުމްނާ އަށް ސެތްފިކެޓް ހަވާލުކުރަނީ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މި އަހަރުގެ ކެޕްޓަނަކަށް އެ ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ފާތުމަތު ޔުމްނާ އާތިފް ހޮވައިފި އެވެ.

ސްކޫލުގެ މަގާމުތަކަށް ހޮވުނު ދަރިވަރުން އިއުލާން ކުރުމަށާއި ޕްރިފެކްޓުން ހުވާ ކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އިއުލާން ކުރިގޮތުގައި ކެޕްޓަން ކަމުގެ މަގާމަށް ޔުމްނާ ހޮވި އިރު ޑެޕިއުޓީ ކެޕްޓަނުގެ މަގާމަށް ހޮވުނީ މަރިޔަމް ނައުޝީން ޝަމީމު އެވެ. ސްޕޯޓްސް ކެޕްޓަން އަކަށް ސާޖިދާ އިބްރާހިމް ރަޝީދު ހޮވުނުއިރު ޑެޕިއުޓީ ސްޕޯޓްސް ކެޕްޓަންގެ މަގާމަށް ހޮވުނީ މުހައްމަދު ނާއިޝް އެވެ.

ތައުލީމީ މަރުކަޒުގެ މި އަހަރުގެ ޕްރިފެކްޓް ބޯޑުގެ އެންމެ އިސް މަގާމުތަކަށް ހޮވުނު ދަރިވަރުން

އެ ރަސްމިއްޔާތުގައި ތައުލީމީ މަރުކަޒުގެ ހައުސްތަކުގެ މަގާމުތަކަށް ވެސް ވަނީ ދަރިވަރުން ހޮވާފަ އެވެ. އެގޮތުން ޔެލޯ ހައުސްގެ ކެޕްޓަން ކަމަށް ފާތުމަތު އަޒްކާ އިމާދު، ބްލޫ ހައުސްއަށް އިނާޒާ އަހްމަދު ސަލީމް އަދި ވައިލެޓް ހައުސްއަށް އައިޝަތު ޝައިބާ ހޮވާފައިވާއިރު ރެޑް ހައުސްއަށް ހޮވާފައިވަނީ ހުސައިން އައްޒާމު އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިފެކްޓް ބޮޑުގެ އިސް މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް ހުވާލައިދެއްވީ އެ ސްކޫލުގެ އިސްލާމް މުދައްރިސް ދިލްމާ އަބްދުއްރައްޒާގެވެ.

މި އަހަރު އެ ސްކޫލުގެ ޕްރިފެކްޓް ބޯޑުގައި 64 ދަރިވަރުން ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.