
އަންނަމަހު 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބ. އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ގުރުއަތުން ރޭ ތަރުތީބުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ގުރުއަތުން އޭދަފުށީ ދާއިރާގެ ކެންޑިޑޭޓް ނަމްބަރު އެކަކަށް ހޮވުނީ އަމިއްލަގޮތުން ވާދަކުރައްވާ އޭދަފުށީ އެވަޗާންސް އަހްމަދު ފައިސަލެވެ.
ކެންޑިޑޭޓް ނަމްބަރު ދޭއް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ ޔޫސުފް މޫސާ އަށް ލިބިވަޑައިގެންނެވިއިރު، ތިނެއް ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު އާރިފް (އާއްޓެ) އަށެވެ. ހަތަރު ވަނަ ލިބުނީ ޕީއެންސީގެ ކެންޑިޑޭޓް އަދި މިހާރު ވެސް އޭދަފުށީ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށެވެ.
މަޖިލިސް އިންޠިހާބުގެ ވޯޓުލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.
