ރަންޔޫބީލް ހަރަކާތްތަކަށް ރަށު ކައުންސިލުގެ ބޮޑު އެހީއެއް

ރަންޔޫބީލް ހަރަކާތްތަކަށް ތައްޔާރުކުރާ މައިޒާން

ބ. އޭދަފުއްޓަށް މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން ބަދަލުކުރިތާ 50 އަހަރުފުރޭ ރަން ޔޫބީލް ހަރަކާތްތަކަށް އޭދަފުށީ ކައުންސިލުން 26،000 ރުފިޔާގެ ފައިސާގެ އެހީއެއްދޭން ނިންމައިފި އެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި މި އެހީ ދޭން ނިންމީ އޭދަފުއްޓަށް މާއްޑޫ، އުނޑޫދޫ، އަދި ފުނަދޫ މީހުން ބަދަލުކުރިތާ 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތަށް މިހަރަކާތް އިންތިޒާމުކުރާ ވަފާ ޖަމިއްޔާއިން އެހީއަކަށް އެދިފައިވާތީ އެވެ.

އެގޮތުން 26،000 ރުފިޔާގެ މި އެހީ ދޭން ނިންމާފައިވަނީ ރަށުގެ އެކިއެކި މުނާސަބަތުތައް ފާހަގަކުރުމަށް ބާއްވާ ހަރަކާތް ތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ބަޖެޓުގެ ތެރެއިންނެވެ.

އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރުފުރޭ ރަންޔޫބީލް ހަރަކާތްތަކަށް ވަރަށް ފޯރީގައި އަންނަނީ ތައްޔާރުވަމުންނެވެ. ރަންޔޫބީލް ހަރަކާތްތައް ފެށިގެންދާނީ އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ހަވާ އެރުވުމުގެ ކުޅިވަރުތަކާ އެކު މިކަމަށްޓަކައި ތައްޔާރުކުރާ ޚާއްސަ މޮނިއުމެންޓް އިފްތިތާހު ކުރުމާ އެކުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.