
ޗައިނާ ސަރުކާރުން ދިން އެހީއެއްގެ ދަށުން 21 ރަށެއްގައި ޓާފް ފުޓްސަލް ދަނޑު އަޅަން ސްޕޯޓްސް މިނިސްޓްރީން މިއަދު ނިންމައި މާދަމާ އަމަލީ މަސައްކަތް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ބ. އަތޮޅުން މި ދަނޑުތައް އަޅަނީ ދޮންފަނު ކިހާދޫ، ފުޅަދޫ، އަދި ފެހެންދޫގަ އެވެ. މީގެ އިތުރުން ދަނޑުތައް އަޅާ ރަށްތަކަކީ ހއ. މޮޅަދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ ، ށ. ނޫމަރާ، ނ. ހެނބަދޫ، ނ. ފޮއްދޫ، ނ. މަގޫދޫ، ރ. އަނގޮޅިތީމް، ރ. ފައިނު، އދ. މަންދޫ، ވ. ތިނަދޫ، މ. ރަތްމަންދޫ، މ. ވޭވަށް، ދ. ރިނބިދޫ، ތ. ބުރުނި، ތ. ވަންދޫ އަދި ލ. މުންޑޫ، އެވެ.
ޔޫތު ސްޕޯޓްސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި، ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މީގެ ކުރިން ފުޓްސަލް ދަނޑުތައް އިމާރާތް ކުރެވިފައި ހުރީ އާބާދީ ބޮޑެތި ރަށްރަށުގައި އެކަނި ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުގެ އަމާޒަކީ އަބާދީ މަދު ރަށެއް ނަމަވެސް އެ ރަށްރަށަށް ތަރައްގީގެ ފުރުސަތުތައް ފަހިކޮށް ދިނުން ކަމަށެވެ
ދަނޑު އަޅާން ޓާފާއި އެނޫން ސާމާނުތައް ޗައިނާ ސަރުކާރުން ދިންއިރު، އެހެނިހެން ހަރަތުތައް ކުރާނީ ސަރުކާރުންނެވެ. އަދި މާދަމާ އިން ފެށިގެން ސާމާނުތައް ރަށްރަށަށް ފޮނުވައި ވީހާ ވެސް އަވަހަކަށް މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދަނޑުތައް އެޅުމަށް ފަހު، މަރަމާތު ކުރުމަށް ބިޒްނަސް މޮޑެލްއެއް ތާރަފު ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އޭރުން ދަނޑުތަކުގެ މަރާމާތު ކުރިއަށް ގެންދާނީ ވިޔަފާރި އުސުލުން ލިބޭ ފައިދާގެ ތެރެއިން ކަމަށެވެ.

Eydhafusheega namehga elhi met futsal dhandun kulhuntherin nah libemundhanee bodethi gehlun. adhi magu hadhaashey kiyaafa 4 aharu vegen dhiumunves vehical thakah libemundhaa gehlun ehaabodu. Eydhafushee rayyithun heylabala.