
އޭދަފުށީ ދާއިރާގެ ޒުވާނުންނަށް ހުޅުވާލައިގެން އަގުބޮޑު ފުޓްސަލް މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އޭޕްރިލް 12 – 13 “ލަވިސްތާ ފުޓްސަލް ކަޕް” ގެ ނަމުގައި އޭދަފުށީގައި ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މުބާރާތުގައި ބައިވެރިވެވޭނީ ދާއިރާގެ ތިން ރަށް ކަމަށްވާ އޭދަފުށި، މާޅޮސް އައި ހިތާދޫގެ ޓީމުތަކަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެ އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އަގުބޮޑެތި އިނާމުތަކެއް ވަނީ ހުށަހަޅާފަ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށްއެދޭ ޓީމުތަކުން އަންނަ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޓީމު ލިސްޓް ހުށަހަޅަން ޖެހެއެވެ. ޓީމު ލިސްޓް ހުށަހެޅުމަށާއި މުބާރާތާބެހޭ އިތުރު މައުލޫމާތު ހޯދުމަށް އޭދަފުށިން ގުޅާނީ 9993061، ހިތާދޫން 9721200 އަދި މާޅޮހުން 9907875 ނަންބަރު ފޯނާ އެވެ.
