ބ. އޭދަފުށީގައި ކޮމްޕިއުޓާ ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.
“އައިފިކްސް ކޮމްޕިއުޓާ ސާވިސަސް” ގެ ނަމުގައި ހުޅުވިމި ސެންޓަރު ހުންނަނީ ކުރިން މިރަށު “ރާސްތާ” ގޭގައި އައިޒޯން ފިހާރަ ހިންގި އިމާރާތުގަ އެވެ.
އައިފިކްސް ކޮމްޕިއުޓާ ސާވިސަސް އިން ބުނީ އެ ސެންޓަރުން ކޮމްޕިއުޓަރުތަކަށް ދިމާވާ ހުރިހާ މައްސަލަތަކެއް ހައްލު ކޮށްދިނުމުގެ އިތުރުން މޯބައިލް ފޯން، ޕީއެސް، އައިޕޮޑް ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން ކޮމްޕިއުޓަރު ތަކަށް ބޭނުންވާ ބައެއް ސާމާނު އެސެންޓަރުގެ ޝޯރޫމުން ގަންނަން ލިބެން ހުންނާނެ ކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.
ވަރަށް ސާފު ކޮއް މިބުނަނީ ތިޔައީ މޮޅުކަމެއް! މިއަތޮޅު ރައްޔިތުންނަށް އިތުރު ކުރިއެރުމަކާ މޮޅެއް!