
ބ. ފުޓްބޯލް ޗެލެންޖުގައި މިއަދު ހަވީރު ފެހެންދޫ ޓީމުން ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި 1-1 އިން މެޗު އެއްވަރުކޮށްފި އެވެ.
މުބާރާތުގައި މި ދެ ޓީމުންވެސް މީގެ ކުރިން ކުޅުނު މެޗު ވަނީ އެއްވަރުވެފައެވެ.
މިއަދުގެ މެޗުގެ ދެވަނަ ހާފް ފެށިތަނާ ފެހެންދޫން ވަނީ ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލިބުނު ކޯނަރެއް ގޯލް އޭރިއާގެ ތެރޭގައި ފެނުޖެހިފައި އައި ބޯޅަ ބޮލުން ގޯލު ތެރެއަށް ވައްދާލީ އަލީ ވިސާމެވެ.
މިއަދުގެ މެޗުގެ ދެވަނަ ހާފް ފެށިތަނާ ފެހެންދޫން ވަނީ ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލިބުނު ކޯނަރެއް ގޯލް އޭރިއާގެ ތެރޭގައި ފެނުޖެހިފައި އައި ބޯޅަ ބޮލުން ގޯލު ތެރެއަށް ވައްދާލީ އަލީ ވިސާމެވެ.
ހިތާދޫން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި މުހައްމަދު ސައީދު ޖެހި ލަނޑުންނެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ދެޓީމް ކަމަށްވާ، ކެންދޫއާއި ދަރަވަންދޫ އެވެ.
