
އޭދަފުށީގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބ. އަތޮޅު ކައުންސިލުން ބާއްވާ އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތް މިއަދު ހަވީރު ފަށާނެ އެވެ.
ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި އޭދަފުށީ ޔޫތު ސެންޓަރުގެ ބެޑްމިންޓަން ކޯޓް ގައި މިއަދު ހަވީރު ފަށާ މުބާރާތުގައި ނުވަ އޮފީހުން ހަ ޓީމު ވާދަ ކުރާނެ އެވެ.
މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ދިރާގު އަދި އަތޮޅު ކައުންސިލް/ބަޔޮސްފިއާ/އޭދަފުށީ ކައުންސިލް/މިރާ ގުޅިގެން ނެރޭ ޓީމު ކޭމްބަރ އެވެ. ގްރޫޕް ބީ ގައި ހިމެނެނީ އުރީދޫ އާއި ބީއެމްއެލް އަދި ބ. އަތޮޅު ހޮސްޕިޓަލެވެ.
މުބާރާތް ފެށުމުގެ ގޮތުން ހަވީރު ކުޅޭ ފުރަތަމަ މެޗުގައި އުރީދޫ އާ ދެކޮޅަށް ނުކުންނާނީ އަތޮޅު ހޮސްޕިޓަލެވެ. އަދި ދެވަނަ މެޗުގައި މިރޭ ދިރާގާ ދެކޮޅަށް ނުކުންނާނީ އަތޮޅު ތައުލީމީ މަރުކަޒެވެ.
އަތޮޅު ކައުންސިލު އިދާރާއިން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން އެއް ތަނަކުން ބައްދަލުވެ އެކުވެރިކަން އާލާކުރުން ކަމަށެވެ.
މިއީ އަތޮޅު ކައުންސިލުން
މި މުބާރާތް ބާއްވާ ތިން ވަނަ ފަހަރެވެ.