
އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން އަތޮޅު ކައުންސިލުން ކުރިއަށްގެންދާ ބެޑްމިންޓަން ލީގުގެ ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮށްފި އެވެ.
ސެމީއަށް ދަތުރުކުރި ހަތަރު ޓީމަކީ ބ. އަތޮޅު ތައުލީމީ މަރުކަޒާއި އަތޮޅު ހޮސްޕިޓަލް، ބީއެމްއެލް އަދި އަތޮޅު ކައުންސިލް/ކައުންސިލު/ބަޔޮސްފިއާ/މީރާ ގުޅިގެން އުފައްދާފައިވާ ކޮމްބައިން ޓީމު ކެމްބަރ އެވެ.
ސެމީ ފައިނަލް މެޗުތައް އޮންނާނީ މިއަދު ހަވީރާއި މިރެ އެވެ. ހަވީރު ކުޅޭ ފުރަތަމަ ސެމީގައި ބީއެމްއެލް ވާދަކުރާނީ ޓީމު ކެމްބަރ އާ އެވެ. ދެ ވަނަ ސެމީގައި އަތޮޅު ތައުލީމީ މަރުކަޒު ކުޅޭނީ އަތޮޅު ހޮސްޕިޓަލާ ދެކޮޅަށެވެ.
އޭދަފުށީ ޔޫތު ސެންޓަރުގައި ކުރިޔަށްދާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ރެ އެވެ.