
އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން އަތޮޅު ކައުންސިލުން ކުރިއަށްގެންދާ އިންޓަ އޮފީސް ބެޑްމިންޓަން ލީގުގެ ފައިނަލުން ބީއެމްއެލް އާއި ބ. އަތޮޅު ތައުލީމީ މަރުކަޒު ޖާގަ ހޯދައިފި އެވެ.
ބީއެމްއެލް ފައިނަލުން ފުރުސަތު ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުން އިއްޔެ ހަވީރު ޓީމު ކެމްބަރ އާ ވާދަކޮށް، ޓައީގައި ކުޅުނު 5 މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގައި ރޭ ކުޅުނު ދެ ވަނަ ސެމީ ފައިނަލުގައި ވާދަވެރި ކުޅުމަކަށް ފަހު އަތޮޅު ހޮސްޕިޓަލު އަތުން މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ތައުލީމީ މަރުކަޒު މޮޅުވީ ޓައީގައި ކުޅުނު 7 މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްގެންނެވެ.
މި ދެ ޓީމު ކުޅޭ ފައިނަލް މެޗު އޮންނާނީ މިރޭ 8:15 ގަ އެވެ.