
ފޯރިގަދަ މެޗުތަކަކަށްފަހު އިންޓަރ އޮފީސް ބެޑްމިންޓަން ލީގުގެ ތަށި ބ. އަތޮޅު ތައުލީމީ މަރުކަޒުން މިލްކުކޮށްފި އެވެ.
ޖެހިޖެހިގެން ތިން އަހަރު ތައުލީމީ މަރުކަޒުގެ ޓީމު ތަށި ހޯދީ ފައިނަލުގައި ރޭ ބީއެމްއެލް އާ ވާދަކުރި ޓައިގެ 7 މެޗުގެ ތެރެއިން 4 މެޗު ކާމިޔާބުކޮށްގެންނެވެ.
ފައިނަލް މެޗަށް ފަހު އޮތް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އަތޮޅު އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކް ނަސީރެ އެވެ.

މުބާރާތުގެ އެންމެމޮޅު އަންހެން ކުޅުންތެރިއަކަށް ބީއެމްއެލްގެ ޝިފްނާ ޙުސައިން ހޮވުނުއިރު، ފިރިހެން ކުޅުންތެރިއަކަށް ހޮވުނީ ތައުލީމީ މަރުކަޒުގެ ހުސައިން މުހައްމަދެވެ.
އޭދަފުށީގައި ހުރި ސަރުކާރު އޮފީސް/ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި މިއަހަރު ހަ ޓީމު ވާދަކުރި އެވެ.