
އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން މިހާރު ކުރިއަށްގެންދާ ފުޓްސަލް ޗެލެންޖުގެ ފިރިހެން ބައިގެ ސެމީ ފައިނަލުން ދިރާގާއި އުރީދޫ، ހޮސްޕިޓަލް ކޮމްބައިން ޓީމު އަދި ކައުންސިލް ކޮމްބައިން ޓީމު ޖާގަ ހޯދައިފި އެވެ.
މި ހަތަރު ޓީމުން ސެމީ ފައިނަލުގެ ޖާގަތަށް ކަށަވަރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުން މޮޅުވެގެންނެވެ.

ސެމީ ފައިނަލް މެޗުތައް އޮންނާނީ މިރެ އެވެ. މިރޭ ކުޅޭ ފުރަތަމަ ސެމީގައި ދިރާގު ވާދަކުރާނީ ކައުންސިލް ކޮމްބައިން ޓީމާ އެވެ. ދެ ވަނަ ސެމީގައި އުރީދޫ ކުޅޭނީ އަތޮޅު ހޮސްޕިޓަލް ކޮމްބައިން ޓީމާ ދެކޮޅަށެވެ.
މި މުބާރާތުގެ އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި އަތޮޅު ހޮސްޕިޓަލުންވެ. ދެވަނަ ޖާޖަ ލިބޭނީ މިރޭ ޕޮލިސް ކޮމްބައިން އާއި ކައުންސިލް ކޮމްބައިން ޓީމާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.
މި މުބާރާތަކީ އޭދަފުށީ ޔޫތު ޑިވެލޮޕްމަންޓް ޖަމިއްޔާއިން ރަށު ކައުންސިލާ ގުޅިގެން ބާއްވާ މުބާރާތެކެވެ.