
ލެވިސްތާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ދުސިތު ތާނީ މޯލްޑިވްސް އަތުން 3-1 އިން މޮޅުވެ ރޯޔަލް އައިލެންޑް ރިސޯޓުން ފެށުން ރަނގަޅުކޮށްފި އެވެ.
މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ދުސިތުންނެވެ. މެޗުގެ 34 ވަނަ މިނިޓްގައި ދުސިތަށް ލީޑުނަގައިދިނީ ހުސައިން އާދިލު އެވެ. ރޯޔަލް އިން ނަތީޖާ އެއްވަރުކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޒަމްއަތު މުހައްމަދު ވަހީދު އެވެ.

ރޯޔަލް އަށް ލީޑުނަގައިދިނީ މެޗުގެ ދެވަނަ ހާފު ފެށިތަނާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހީމް ޝަރީފު އެވެ. ނަތީޖާ ހަމަހަމަ ކުރަން ދުސިތުގެ ކުޅުންތެރިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ރޯޔަލް އިން ތިން ވަނަ ލަނޑު މެޗު ނިމެން ކައިރިވެފައި ވަނިކޮށް ކާމިޔާބުކުރީ މުހައްމަދު ފަޔާޒު އެވެ.
މުބާރާތުގެ މެޗެއް ދެން އޮންނާނީ ބުދަ ދުވަހު ހަވީރެވެ. އެ މެޗުގައި އަނަންތަރާ ކިހަވައް ވިލާސް ނުކުންނާނީ އިއްޔެގެ މެޗުން މޮޅުވި އަމިއްލަ ފުއްޓާ ދެކޮޅަށެވެ.