
ލެވިސްތާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން އަނަންތަރާ ކިހަވައ ވިލާސް އިން 3-1 އިން އަމިއްލަފުށި ބަލިކޮށްފި އެވެ.
މުބާރާތުގައި އަމިއްލަފުށި ކުޅުނު ފުރަތަމަ މެޗުން ވަނީ ފިނޮޅު ރިސޯޓް އަތުން މޮޅުވެފަ އެވެ.
އޭދަފުށީ ޓާފް ދަނޑުގައި މިއަދު ކުޅުނު މެޗުގެ 12 ވަނަ މިނިޓްގައި އަނަންތަރާގެ ފުރަތަމަ ލަނޑު ޖެހީ ހުސައިން ހަންނާނެވެ. އޭގެ ތިން މިނިޓް ފަހުން އަނަންތަރާގެ ލީޑުފުޅާކޮށްދިނީ ހުސައިން ނަޒީހެވެ. އަންނަތަރާ އަށް ތިންވަނަ ލަނޑު މެޗު ނިމެނިކޮށް ކާމިޔާބުކުރީ އިސްމާއިލް ޝާކިރެވެ.

އަމިއްލަ ފުށީގެ ހަމައެކަނި ލަނޑު މެޗުގެ 29 ވަނަ މިނިޓްގައި ކާމިޔާބުކުރީ އިޖާޒު އީސާ ފުޅެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ އަނަންތަރާގެ އަހްމަދު އަޝްރަފު ޔޫސުފެވެ.

މުބާރާތުގައި މާދަމާ ރޯޔަލް އައިލެންޑް ނުކުންނާނީ ސޮނެވާ އާ ދެކޮޅަށެވެ.