
ލެވިސްތާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ސޮނެވާފުށިން ރޯޔަލް އައިލެންޑް ބަލިކޮށްފިއެވެ.
އޭދަފުށީ ޓާފު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ސޮނެވާފުށިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއިންނެވެ.

މިއަދުގެ މެޗުގައި ސޮނެވާއަށް ކުރި ހޯދައިދިނީ 12 ވަނަ މިނެޓުގައި އާދަމް ނިޒާމެވެ. އޭގެ ފަސް މިނިޓް ފަހުން ސޮނެވާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުއްސަލާމު ހާމިދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ ސޮނެވާގެ ކީޕަރު އިބްރާހީމް ނިހާދެވެ.
މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޭޕް އޭ ގެ ފިނޮޅާއި އަނަންތަރާ އެވެ.