
ލެވިސްތާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުން އަނަންތަރާ ކިހަވައް ވިލާސްގެ މައްޗަށް 2-1 އިން ކުރިހޯދައި ސޮނެވާފުށިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
އޭދަފުށީ ޓާފު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސޮނެވާފުށީގެ ލަނޑުތައް ކާމިޔާބުކުރީ އަބްދުލްމަޖީދު އާއި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އާދަމް ނިޒާމެވެ. އަނަންތަރާގެ ހަމައެކަނި ލަނޑު ޖެހީ އަހްމަދު ހުމައިދު އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އަމިއްލަފުއްޓާ ރޯޔަލް އައިލެންޑް ރިސޯޓެވެ. މި މެޗުން މޮޅުވާ ޓީމެއް ބުދަ ދުވަހު ތިންވަނަ ސެމީގައި ކުޅޭނީ އަނަންތަރާއާ ދެކޮޅަށެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.
ފަހަކަށް އައިސް މި މުބާރާތް ހިންގަނީ އޭދަފުށީ ޒުވާނުންގެ ކްލަބުން ނަމަވެސް، މިފަހަރު މި މުބާރާތް ބާއްވަނީ ވެލާ ސްޕޯޓްސް ކްލަބުންނެވެ.