
ލެވިސްޓާ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހެނދުނު ކުޅުނު މެޗު ސައިނޯސާއިން ކާމިޔާބުކޮށްފިއެވެ.
ކޮންމެ އަޟްހާ އީދެއްގައި އޭދަފުށީގައި ބާއްވަމުން އަންނަ މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނު މެޗު ސައިނޯސާއިން ކާމިޔާބުކުރީ ޔުނައިޓެޑް ވީ އާއި ވާދަކޮށް 2-0 އިންނެވެ.
އޭދަފުށި ޓާފް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ސައިނޯސާއިން ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 17 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު)އެވެ.

މި ލަނޑަށް ފަހު ޔުނައިޓެޑް ވީ އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ލަނޑެއް ޖެހުމަށް މަސައްކޮށްފައެެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުުމުގެ ކުރިން ސައިނޯސާއިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. މި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި މުޙައްމަދު އުމައިރުއެވެ. ފުރަތަމަ ހާފު ނިމުނީ ދޭއް 2-0 ސައިނޯސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ޔުނައިޓެޑް ވީ އިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. އެގޮތުން އެޓީމުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށްވެސް ވަނީ އަމާޒުވެފައެވެ. މެެޗުގައި އިތުރަށް ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ސަައިނޯސާއަށް ވަނީ ލިބި އޭގެ ބޭނުން ކުރެވޭގޮތް ވަނީ ނުވެފައެވެ. ޚާއްސަކޮށް އަލީ އަޝްފާގް (ދަނގަޑޭ) އާއި އިޝާން އިބްރާހިމް (ސައްޓު)އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
މި ފަހަރުގެ މުބާރާތުގައި ވެސް ހަ ޓީމު ވާދަކުރެ އެވެ. މާދަމާ ކުޅޭ މެޗުގައި އެމް.އޭ ޔުނައިޓެޑާއި ހުސް ސޮގުންނެވެ.