ޕެނަލްޓީ ޖަހައިގެން 3-1 އިން ފެހެންދޫ ޗެލެންޖަސް ސްޕޯޓްސް ކްލަބް ބަލިކޮށް ބ. ގޮއިދޫ ކައުންސިލު ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން އެރަށު ވޮލްވްސް ސްޕޯޓް ކްލަބް ހޯދައިފި އެވެ.
ގޮއިދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވޮލްވްސްގެ ގޯލް ކީޕަރު ޝިރުހާން އަލީ އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ފުޅަދޫ ސްޕޯޓްސް ކްލަބްގެ އިބްރާހިމް ރިފާޒެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިޔަކީ ބީއެފް ޔުނައިޓެޑްގެ އަހްމަދު ތަހުސީން އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވުނީ ޗެލެންޖާސްގެ މުހައްމަދު ރީޙާން އާއި އިބްރާހިމް އަސްވަދު އާއި ވޮލްވްސްގެ ޝިރުޙާން އަލީ އާއި އިރުފާން މުޙައްމަދު އަދި އިބްރާހިމް ނާފިޒެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000ރ. އަދި ރަނަރަޕް ޓީމަށް 5،000ރ. ވަނީ ދީފަ އެވެ.
ގޮއިފުޅަ ފެހެންދޫ އަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި މިއަހަރު ހަ ޓީމު ވާދަކުރި އެވެ.