ކްލަބް އޭދަފުށިން ބޭއްވި ބެޑްމިންޓަން ޓްރެއިނިން ޕްރޮގްރާމް ރޭ ނިންމާލައިފި އެވެ.
މި ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ ކްލަބް އޭދަފުށީގެ ރައީސް އަދި ކައުންސިލްގެ ވެސް ރައީސް ތޮލާލް އަބްދުއްރަހުމާނެވެ.
ދިހަ ދުވަހުގެ މުއްދަތަށް އޭދަފުށީ ޔޫތު ސެންޓަރުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި 24 ފަރާތަކުން ބައިވެރިވި އެވެ. އޭގެ ތެރެއިން ގިނައީ އަންހެނުން ބައިވެރިންނެވެ.
މި ޓްރޭނިން ޕްރޮގްރާމުގެ މަގުސަދަކީ އޭދަފުށީގައި ޒުވާން އިތުރު ކުޅުންތެރިން އުފެއްދައި އޭދަފުށީގައި ބެޑްމިންޓަންގެ ފޯރި އިތުރުކުރުމެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ ރާއްޖޭގެ ތަޖުރިބާކާރު ބެޑްމިންޓަން ކޯޗް ހުސައިން ރަޝީދު (ދޮންބެ ކޯޗް) އެވެ.
ބެޑްމިންޓަނަކީ އޭދަފުށީގައި ފަހަކަށް އައިސް ފޯރިއާއެކު ކުޅޭ ކުޅިވަރެކެވެ.