ސައިނޯސާ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ހަވާ އަރުވަނީ

މިދިޔަ ބޮޑު އީދު އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތުގެ ތަށި ސައިނޯސާ ފުޓްބޯޅަ ޓީމުން ހޯދުމުގެ އުފަލުގައި އެ ޓީމުން މާދަމާ ރޭ އޭދަފުށީގައި ހަވާ އެރުމުގެ ހަރަކާތްތަކާއެކު ބޮޑު ހަފްލާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ސައިނޯސާ ފުޓްބޯޅަ ޓީމުގެ އޮފިޝަލަކު ބުނީ ބޮޑުއީދު ފުޓްބޯޅަ މުބާރާތުން އެތައް އަހަރުތަކަށްފަހު އެޓީމަށް ތަށި ލިބުމާ ގުޅިގެން އެކަމުގެ އުފަލުގައި ހުކުރު ދުވަހުގެރޭ މޫސުން ތަންދޭނަމަ އޭދަފުށީގައި ބާއްވާ ހާއްސަ ހަފްލާ ފެށުމުގެ ކުރިން ހަވާ އެރުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ހަވާ އަރުވާނީ މާދަމާރޭ 20:30 ގައި އޭދަފުށީ ދެކުނު ފަރާތު ހިއްކި ބިމުގަ އެވެ.

ބޮޑު އީދު މުބާރާތުގައި ދަނގަޑޭ އޭދަފުށީގައި

މިއީ ކޮންމެ އަހަރަކު އޭދަފުށީގައި ބާއްވާ ބޮޑު އީދުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސައިނޯސާ ޓީމުން ހޯދި ފަސް ވަނަ ފަހަރެވެ. މިފަހަރު އެ ޓީމަށް ޗެމްޕިއަންކަން ލިބުނީ 18 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އެވެ. އެ ޓީމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2000 ވަނަ އަހަރު އެވެ. މި ކާމިޔާބީއާ އެކު އެޓީމު ވެފައިވަނީ އެމްއޭ ޔުނައިޓެޑާ އެކު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށެވެ.

ސައިނޯސާ ޓީމުން މިފަހަރު މުބާރާތް ކާމިޔާބުކުރީ  ޗެމްޕިއަންކަން ހޯދީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަނގަޑޭ) ގެ އެހީތެރިކަމާ އެކު އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.