ޖަޒީރާ ފުޓްބޯޅަ މުބާރާތުގެ ނަމުގައި ބޮޑު ފުޓްބޯޅަ ލީގެއް ފަށަނީ

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ރީބްރޭންޑްކޮށް “ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕް” ގެ ނަމުގައި ފެށުމަށް ނިންމާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރީ މުބާރާތެކޭ އެއް ގޮތަށް ކުރިއަށްދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެއީ އަތޮޅު ބުރާއި ޒޯން ބުރު އަދި ފައިނަލް ބުރެވެ.

އަތޮޅު މުބާރާތް ކުރިއަށް ގެންދާނީ ކޮންމެ އަތޮޅަކުން ވެސް މުބާރާތުގައި ބައިވެރިވާ ހުރިހާ ރަށެއް ހޯމް އެންޑް އަވޭ އުސޫލުން މެޗު ކުޅޭ ގޮތަށެވެ. އަދި އެ މުބާރާތް ކުޅެ ނިންމާލާ އިރު އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމެއް ދަތުރު ކުރާނީ ޒޯން ބުރަށެވެ.

ޒޯން ބުރުގެ މުބާރާތުގައި ވެސް އަތޮޅު ޗެމްޕިއަން އެހެން އަތޮޅުތަކުގެ ޓީމުތަކާ ކުޅެގެން މުބާރާތުގެ ފައިނަލް ބުރަށް ދަތުރު ކުރާނީ އަށް ޓީމެވެ. މިހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

މުބާރާތުގެ ފައިނަލް ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ފުރަތަމަ ޑިވިޝަނުން ޖާގަ ދިނުމަށް ވެސް ވިސްނާފައިވާ އޮތް ނަމަވެސް އަދި އެކަން މުޅިން ފައިނަލް ނުވާ ކަމަށް އެފްއޭއެމް އިން ބުންނެވެ.

ޔޫތް މިނިސްޓްރީން ބުނީ، ރަށްރަށުގައި ބާއްވާ މުބާރަތްތަކަށް ޓީމުތައް ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 15 އާއު ހަމައަށް ލިބޭނެ ކަމަށެވެ.

އަތޮޅު ތެރޭގައި މިފަދަ ބޮޑު ލީގެއް ފެށުމާ އެކު މާލޭ ގަލޮޅު ދަނޑުގައި ނެތް ފޯރި އަލުން އަނބުރާ ސަޕޯޓަރުންގެ ފަރާތުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މަހްލޫފް ވިދާޅުވީ، ރަށްރަށަށް މެޗު ބަލާލުމަށް ދަތުރު ކުރާ އިރު ފެންނަ ޖޯޝާއި ފޯރި މި މުބާރާތުގެ ސަބަބުން ވެސް ފެންނާނެ ކަމަށެވެ. އަދި މި މުބާރާތުގައި ޓީމުތަކުގެ ދަތުރުފަތުރު ކުރުމާއި ކަންކަމަށް އެ މިނިސްޓްރީން ހަރަދު ކުރާނެ ކަމަށާއި ރަށްރަށުގެ ނެތް ފެސިލިޓީސް ގާއިމު ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.