އޭދަފުށި – ނާވައިދޫ މެޗު މާދަމާ ރެއަށް ފަސްކޮށްފި

ހުޅުމާލެއަށް މޫސުން ގޯސްވުމުގެ ސަބަބުން މިރޭ ކުޅެން ހަމަޖެހިފައިވާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ހުރިހާ މެޗެއް ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ކެންސަލްކޮށްފި އެވެ.

މުބާރާތުގެ ގަދަ 16 ގައި މިރޭ 20:15 ގައި ޒޯން ދޭއްގައި އޭދަފުއްޓާއި ހދ. ނާވައިވާދޫ ވާދަކުރާގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެކަމަކު މި މެޗުގެ އިތުރުން މިރޭ ކުޅެން ހަމަޖެހިފައިވާ އަނެއް ފަސް މެޗު ވެސް މިހާރު ކުޅެން ހަމަޖައްސާފައިވަނީ މާދަމާ ރެ އެވެ.

އޭދަފުށި ފައިނަލް ބުރަށް ދަތުރުކުރީ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އަތޮޅު ބުރުގައި ހިތާދޫއާ ވާދަކުރި މެޗު 2-2 އިން އެއްވަރުވިއިރު ދެ ވަނަ މެޗުގައި އޭދަފުށި ވަނީ 8-1 އިން ތުޅާދޫ ބަލިކޮށްފަ އެވެ. ޒޯން ބުރުގެ ފުރަތަމަ މެޗުގައި ފަހު ވަގުތު ރ. އިނގުރައިދޫއާ 3-3 އިން އެއްވަރު ކުރިއިރު ފަހު މެޗުގައި އޭދަފުށިން ވަނީ 8-0 ގެ ބޮޑު ތަފާތަކުން ނ. ހޮޅުދޫ ބަލިކޮށްފަ އެވެ.

އޭދަފުއްޓާ ދެކޮޅަށް ނުކުންނަ ނައިވާދޫ އަކީ އަތޮޅު ޗެމްޕިއަންކަން ހޯދައި ޒޯން ބުރަށް ކޮލިފައިވި ޓީމެކެވެ. ޒޯން އެކެއްގައި ނައިވާދޫ ކުޅުނު ފުރަތަމަ މެޗުގައި ށ. ގޮއިދޫއާ ވާދަކޮށް 2-2 އިން ވަނީ އެއްވަރުވެފަ އެވެ. އޭގެފަހުން އެޓީމުން ވަނީ 5-4 އިން ހދ. މަކުނުދޫ ބަލިކޮށް އަދި 4-3 ހއ. އިހަވަންދޫ ބަލިކޮށްފަ އެވެ. އެޓީމު ފައިނަލް ބުރަށް ދަތުރުކުރީ ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދި ގޮއިދޫގެ ފަހަތުން ރަނަރަޕް ޓީމުގެ ގޮތުގަ އެވެ.

މިދިޔަ އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މި ދެޓީމު ވަނީ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. މި މެޗު 7-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެމީ ފައިނަލުން ޖާގަ ހޯދީ އޭދަފުއްޓެވެ. ސެމީގައި ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިވީ މާފަންނު އަތުންނެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް އޭދަފުށި ދަތުރުކުރީ މ. ދިއްގަރާ ވާދަކުރި މެޗު 2-2 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 2-0 އިން ކުރި ހޯދައިގެންނެވެ. ނާވައިދޫ މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ 16 ގެ މެޗުގައި 3-2 އިން އއ. ބޮޑުފޮޅުދޫ ބަލިކޮށްގެންނެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.