ޒައިން އާއި ހަންޓޭ ސޮނެވާ ސާފު ޕްރޯ ކާމިޔާބުކޮށްފި

ހަންޓޭ (ކ) އަދި ޒައިން (ވ) އަށް އެވޯޑް ހަވާލުކުރަނީ– ފޮޓޯ/ސޮނެވާފުށި

ބ. އަތޮޅުގެ ރާޅާ އެޅުންތެރިންނަށް އަމާޒުކޮށްގެން ސޮނެވާ ފުށި ރިސޯޓުން އިންތިޒާމުކޮށްގެން ބޭއްވި “ސޮނެވާ ސާފު ޕްރޯ” ދެވަނަ ރާޅާއެޅުމުގެ މުބާރާތް ބ. ގޮއިދޫ އަހްމަދު ޒައިން އާއި ހަސަން މާހިރު (ހަންޓޭ) ކާމިޔާބުކޮށްފި އެވެ.  

މިދިޔަ ހަފްތާގައި މިއަތޮޅުގައި ކުރިއަށް ދިޔަ މި މުބާރާތުގެ 18 އަހަރުން މަތީގެ ރާޅާއެޅުމުގެ ބައިން ޒައިން އެއްވަނަ ހޯދިއިރު، ހަންޓޭ އެއްވަނަ ހޯދީ 18 އަހަރުން ދަށުގެ ރަޅާ އެޅުމުގެ ބައިންނެވެ.

މި މުބާރާތުގައި ބ. އަތޮޅުގެ އެކި ރަށްރަށުން 40 ރާޅާއެޅުންތެރިންނާއި ބޮޑީބޯޑަރުން ބައިވެރިވި އެވެ.

މުބާރާތުގެ ބޮޑީބޯޑިން ކެޓަގަރީން އެއްވަނަ އަދި އެންމެ އުއްމީދީ ބޮޑީ ބޯޑަރަކަށް ހޮވުނީ ބ. މާޅޮހު މުހައްމަދު ނަބީލެވެ. އަދި އެންމެ އުއްމީދީ ރާޅާ އެޅުންތެރިޔާގެ މަގާމު ހޯދީ ފުޅަދޫ ލިޔާން މުހައްމަދު އެވެ.

ސޮނެވާފުށިން ބުނި ގޮތުގައި ކަނޑުތަކުގެ ދިރުމަށް ލޯބި ޖެއްސުމުގެ ގޮތުން ބާއްވާ ސޮނެވާ ސާފު ޕްރޯ މުބާރާތަކީ ރާޅާއެޅުންތެރިންގެ ހުނަރު އިތުރުކޮށް، އިތުރު އާ ރާޅާއެޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

މި އަހަރުގެ މުބާރާތުގައި މުސްތަގުބަލުގައި އަންހެން ކުދިން މި މުބާރާތުގައި ބައިވެރިވުން އިތުރުކުރުމަށް ބ. އަތޮޅުގައި ރާޅާއެޅުމަށް އަލަށް ފަށައިގަންނަ ތިން އަންހެންކުދިންނަށް ޖަޖުންނާއެއްކޮށް ރާޅާއެލުމުގެ ފުރުސަތު ވަނީ ދީފައެވެ.

މިއީ ސޮނެވާއިން މިއަތޮޅުގައި ބޭއްވި ރާޅާއެޅުމުގެ ދެވަނަ މުބާރާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.