ނިއުޓްރިޝަން އަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކްލަބް އޭދަފުށިން ފަށައފި

ނިއުޓްރިޝަން އެވެއާނަސް ޕްރޮގްރާމުގައި އޭޑީކޭގެ ފަރާތުން މައުލޫމާތުދެނީ- އީޓީ ފޮޓޯ/ތޯރިގް

ޒުވާން ފުޓްބޯޅަ ކުޅުންތެރިން ކެއުން ބަހައްޓަންވީ ގޮތާ ގުޅޭގޮތުން “ހެލްތީ އީޓިން ފޯ ޔަންގް ފުޓްބޯލާސް”ގެ ނަމުގައި ނިއުޓްރިޝަންއަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް އިއްޔެ އޭދަފުށީގައި ފަށައިފި އެވެ.

ކްލަބް އޭދަފުށިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ގްރާސްރޫޓްސް އެކަޑަމީ އަދި އެފްއޭއެމްގެ ޔޫތު ފުޓްބޯޅަ ޕްރޮގްރާމްގެ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ބައިވެރިވެ އެވެ.

ކްލަބް އޭދަފުށިން ބުނި ގޮތުގައި މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދޭނީ ކުޅުންތެރިންގެ ޑައިޓް މެއިންޓެއިންކޮށް ސިއްހަތު ބައްޓަންކުރަންވީ ގޮތާ ގުޅޭ ގޮތުންނެވެ.  

ކްލަބް އޭދަފުއްޓަކީ އޭދަފުށީ ކުޅިވަރުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން ކުޅިވަރުގެ ތެރެއިން އޭދަފުށި އެހެން ހަރުފަތަކަށް ގެންދިއުމުގެ މަގުސަދުގައި މިދިޔަ އަހަރު ކުރީކޮޅު ވުޖޫދުކުރި ޖަމިއްޔާއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.