ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ގައުމީ ބެޑްމިންޓަން މުބާރާތުގައި ކްލަބް އޭދަފުށި މިއަދު ވާދަކުރާނެ އެވެ.
މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:00 ގައި މިދޔަ އަހަރުގެ ޗެންޕިއަން ކްލަބް އޭދަފުށި ވާދަކުރާނީ ވީއައިޕީ ސްޕޯޓްސް އާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މާދަމާ ރޭ ނުކުންނާނީ ކްލަބް ސްޓެޓިކް އާ ދެކޮށަށެވެ.
މުބާރާތް ކުރިއަށްދާނީ ކުޅިވަރު އެކުވެނީ އިންޑޯ ބެޑްމިންޓަން ކޯޓްގައެވެ. ކްލަބް އޭދަފުށިން ބުނީ މެޗުތައް ކުޅޭ ވަގުތުތަކުގައި ސަޕޯޓަރުންގެ މުހިންމުކަން އޭދަފުއްޓަށް ވަރަށް މުހިއްމު ކަމަށާއި އެދުމަކީ ހަމަ ވީހާ ވެސް ގިނަ ބަޔަކު އައިސް ޓީމަށް ސަޕޯޓްކުރުން ކަމަށެވެ.
އޭދަފުށީ ބެޑްމިންޓަން ޓީމުން ބުނިގޮތުގައި އެ ޓީމުގެ އަމާޒަކީ ދެވަނަ ޑިވިޝަނުގެ ތަށި ދިފާއުކޮށް ރަށަށް ގެނައުމެވެ. އެ ޓީމުންވަނީ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް 5 ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ޖެހިޖެހިގެން 3 އަހަރު މުބާރާތް ކާމިޔާބުކޮށް އޭދަފުށިން ވަނީ މި މުބާރާތުގެ ތަށި މިލްކް ވެސް ކޮށްފަ އެވެ.