މާލޭގައި މިއަދު ފެށި ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަންގައި ވާދަކުރާ އޭދަފުށީ ބެޑްމިންޓަން ޓީމުން ފެށުން ރަނގަޅުކޮށްފި އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅުނު ޓީމު އިވެންޓްގެ ފުރަތަމަ މެޗުން ކްލަބް އޭދަފުށީ ވަނީ ވީއައިޕީ ސްޕޯޓްސްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ކްލަބް އޭދަފުށިން ވަނީ ޓައިގައި ކުޅުން ހަ މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްފަ އެވެ.
މުބާރާތުގައި މާދަމާ ހަވީރު ކްލަބް އޭދަފުށީ ކުޅެނީ ކްލަބް ސްޓެޓިކް އާ ދެކޮޅަށެވެ.