މިހާރު މާލޭގެ ކުޅިވަރު އެކުވެނީގައި ކުރިޔަށްދާ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފައިނަލަށް ކްލަބު އޭދަފުށި ދަތުރު ކޮށްފިއެވެ.
ދެވަނަ ޑިވިޝަންގެ ފިރިހެން ޓީމް އިވެންޓްގެ ފައިނަލުން އޭދަފުށި ޖާގަ ހޯދީ ސެމީގައި ރޭ ގޯޅި ސްޕޯޓްސް ކްލަބުގެ މައްޗަށް 3-2 އިން ކުރި ހޯދައިގެންނެވެ.
މުބާރާތުގެ ފައިނަލު މެޗުތައް އޮންނާނީ މިރެ އެވެ. މިރޭ 8:00 ގައި ފައިނަލުގައި އޭދަފުއްޓާ ދެކޮޅަށް ނުކުންނާތީ ޔުނައިޓެޑް ވިކްޓްރީ އެވެ.
ޓީމަށް ސަޕޯޓް ކުރުމަށް މާލޭގައި ދިރިއުޅޭ އޭދަފުށީގެ ވީހާވެސް ގިނަ ބަޔަކު ކުޅިވަރު އެކުވެންޏަށް ދިއުމަށް އެ ޓީމުން އެދެއެވެ.