ގައުމީ ބެޑްމިންޓަން ފައިނަލަށް ހުސައިން އާއި އިކްރާމް

ހުސައިން އަދި އިކްރާމް– ފޮޓޯ/މިހާރު

ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފިރިހެން ސިންގަލްސް އަދި ޑަބަލްސް ފައިނަލުގައި އޭދަފުށީ  ބެޑްމިންޓަން ޓީމުގައި ހިމެނޭ ހުސައިން މުހައްމަދު އާއި މުހައްމަދު އިކްރާމް ފުރުސަތު ހޯދައިފި އެވެ.

އޭދަފުށީގެ ތަޖުރިބާކާރު ބެޑްމިންޓަން ކުޅުންތެރިޔާ ހުސައިން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ފައިނަލުން ފުރުސަތު ހޯދީ ރޭ ކުޅުނު ސެމީ ފައިނަލުގައި އަހްމަދު ޚާލިދުގެ މައްޗަށް ކުރިހޯދައިގެންނެވެ. ފަސޭހަކަމާއެކު ސީދާ ދެ ސެޓުން މޮޅުވިއިރު، އޭނާ ސެޓުތައް ގެންދިޔައީ 21-10، 22-20 އިންނެވެ. ހުސައިން ވަނީ 2016 އަދި 2017 ވަނަ އަހަރުވެސް ފިރިހެން  ސިންގަލްސް ބައިން ދެވަނަ ޑިވިޝަނުގެ ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އިކްރާމު ފައިނަލުން ފުރުސަތު ހޯދީ ސެމީގައި އަލީ މުއާޒުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސީދާ ސެ ސެޓުން މޮޅުވިއިރު، ސެޓްތައް ގެންދިޔައީ 21-17، 21-16 އިންނެވެ.

ސިންގަލްސް ބައިގެ ފައިނަލުގައި ހުސައިން އާއި އިކްރާމު ވާދަކުރާއިރު، ޑަބަލްސް ބައިގެ ފައިނަލުގައި އެ ދެ ޕެއާ ނުކުންނާނީ އަހްމަދު ނަދީމް އާއި ނާތިޖު އަލީގެ ޕެއާއާ ދެކޮޅަށެވެ. ހުސައިން އާއި އިކްރާމުގެ ޕެއާ ފައިނަލުން ފުރުސަތު ހޯދީ ސެމީގައި އަލީ އަބްދުﷲ އާއި އިސްމާއިލް ޒުހުރީ ޕެއާ 21-17، 21-17 އިން ބަލިކުރުމަށް ފަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.