ބެޑްމިންޓަން ޗެމްޕިއަންކަން ތިންވަނަ ފަހަރަށް ހުސައިނަށް

ލިޓަސް ބެޑްމިންޓަން ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަން ފިރިހެން ޗެމްޕިއަންކަން ހުސައިން މުހައްމަދު ހޯދައިފި އެވެ.

މިއީ އޭދަފުއްޓަށް އުފަން ތަޖުރިބާކާރު ބެޑްމިންޓަން ކުޅުންތެރިޔާ ހުސައިން ދެވަނަ ޑިވިޝަންގެ ތަށި އުފުލާލި ތިން ވަނަ ފަހަރެވެ. ދެވަނަ ޑިވިޝަންގެ ތަށި އެންމެ ފުރަތަމަ ހޯދީ 2016 ވަނަ އަހަރެވެ. އަދި ޖެހިގެން އައި 2017 ވަނަ އަހަރު އޭނާ ވަނީ ދެވަނަ ފަހަރަށް ދެވަނަ ޑިވިޝަނުގެ ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ. މީގެ ކުރިން އަތޮޅު ލީގުގެ ތަށި ވެސް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުން ހުސައިން މޮޅުވީ އޭދަފުށީގެ މުހައްމަދު އިކްރާމާ ވާދަކޮށެވެ. މެޗުގެ ސެޓްތައް ދިޔައީ 21-8 އަދި 21-18 އިންނެވެ. އިކްރާމް އަކީ މިދިޔަ އަހަރުގެ ތިން ވަނަ އެވެ.

ދެވަނަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ތަށި ކްލަބް އޭދަފުށީގެ ޕެއާ ވަނީ ދިފާއުކޮށްފަ އެވެ. މި ފަހަރުގެ ފައިނަލުގައި ހުސައިން މުހައްމަދު އާއި އިކްރާމުގެ ޕެއާ ވަނީ އަހްމަދު ނަދީމު އާއި ނާތިޖު އަލީގެ ޕެއާ ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 18-21، 21-18، 21-13 އިންނެވެ.

އޭދަފުށީ ބެޑްމިންޓަން ޓީމުން މިއަހަރު ވަނީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ދިފާއުކޮށްފަ އެވެ.

ފަހަކަށް އައިސް ކުޅިވަރުތަކަށް ބަލާއިރު އޭދަފުށިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ކުޅިވަރަކީ ބެޑްމިންޓަނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.