ގްރާސްރޫޓްސް އެކަޑަމީން ތަމްރީނުވާ ކުދިންގެ ހުނަރު މުސްތަގުބަލުގައި ފެންނާނެ

މިއަހަރަށް ގްރޫސްރޫޓްސް އެކަޑަމީގެ ތަމްރީންތައް ނިންމާލުމުގެ ގޮތުން ބޭއްވި ފެސްޓިވަލްގެ ތެރެއިން-

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އާއި ކްލަބް އޭދަފުށި ގުޅިގެން އޭދަފުށީގައި ކުރިއަށްގެންދާ ގްރާސް ރޫޓްސް ފުޓްބޯލް އެކަޑަމީން ހުނަރުވެރި މޮޅު ކުދިންތަކެއް އުފެދިގެންދާ ކަމަށް އެ އެކަޑަމީން ބުނެފި އެވެ.

މިއަހަރަށް އެކަޑަމީގެ ތަމްރީން ތައް ނިންމާލުމުގެގޮތުން މިދިޔަ ބުދަ ދުވަހު ބޭއްވި ފުޓްބޯލް ފެސްޓިވަލުގައި ވާހަކަ ދައްކަމުން ގްރޫސްރޫޓްސް ކޯޗު ފަޒުލޫން މުހައްމަދު ބުނީ  މިޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މިއަހަރު ކޯޗުންގެ ދަތިކަންކުރިމަތިވި ނަމަވެސް މިއަހަރު ހާސިލު ކުރަންބޭނުންވި ނަތީޖާ ހާސިލުވި ކަމަށެވެ.

މިއަހަރަށް ގްރޫސްރޫޓްސް އެކަޑަމީގެ ތަމްރީންތައް ނިންމާލުމުގެ ގޮތުން ބޭއްވި ފެސްޓިވަލްގެ ތެރެއިން-

“އުއްމީދުކުރަނީ ފުޓްބޯޅައަށް ލޯބި އޮތް މިރަށުގެ ގްރާސްރޫޓްސް އެކަޑަމީން ތަމްރީންވާ ކުދިންގެ ހުނަރު މުސްތަގުބަލުގައި ފެންނާނެ ކަމަށް. އެހާ ވެސް ހުނަރުވެރި ކުދިން އެބަތިބި. އަދި އެ ކުދިންނަށް ފުރުސަތު ހޯދައިދޭން ބެލެނެވެރިން ބޭނުންވާ މިންވަރު ވެސް ފެނުނު. އެ ކުދިންނަށް ބޭނުންވަނީ އިތުރު ފުރުސަތުތައް،”

މިއަހަރަށް ގްރޫސްރޫޓްސް އެކަޑަމީގެ ތަމްރީންތައް ނިންމާލުމުގެ ގޮތުން ބޭއްވި ފެސްޓިވަލްގެ ތެރެއިން-

ގްރާސްރޫޓުސް އެކަޑަމީން ތަމްރީނުވެގެން ވަކިވާ ދަރިވަރުން ދެން ގުޅޭނީ އެފްއޭއެމްއިން އޭދަފުށީގައި ހިންގާ އެލީޓް ޓްރެއިނިން ޕްރޮގްރާމާއެވެ.

ފަޒުލޫން ބުނީ މިދިޔަ ފެށި މި އެކަޑަމީއަށް ބޮޑު ތަރުހީބެއްވެސް ލިބެމުން އަންނަ ކަމަށާއި އަންނަ އަހަރު މިޕްރޮގްރާމް މިއަށްވުރެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ރާވަމުން ދާކަމަށެވެ.

“ވަރަށް ބޮޑު ތަރުހީބެއް ބެލެނިވެރިންގެ ފަރާތުން އަންނަނީ ލިބެމުން. މިހާރު ވެސް 90 އަށް ވުރެ ގިނަ ކުދިން ވަނީ ރަޖިސްޓްރީވެފައި،” ފަޒްލޫން ބުންޏެވެ.

ގްރާސް ރޫޓްސް އެކަޑަމީން ފުރުސަތުދެނީ އުމުރުން ހަ އަހަރުން ފެށިގެން 12 އަހަރާ ދެމެދުގެ ކުދިންނަށެވެ. މި އެކަޑަމީގައި ބައިވެރިވާ ކުދިންގެ އަތުން ރަމްޒީ ފީއެއްގެ ގޮތުގައި ނަގަނީ މަހަކު 200ރ. އެވެ. އެކަޑަމީ ހިންގައިގެން ލިބޭ ފައިސާ، ޕީޓީއޭ އިން ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ ތައުލީމާ ގުޅުން ހުރި ކަންކަމަށެވެ.

މިއަހަރަށް ގްރޫސްރޫޓްސް އެކަޑަމީގެ ތަމްރީންތައް ނިންމާލުމުގެ ގޮތުން ބޭއްވި ފެސްޓިވަލްގެ ތެރެއިން-

ކޯޗުންގެ ގޮތުގައި މަސައްކަތްކުރަނީ ގްރާސްރޫޓްސް ކޯޗިން ކޯސް ފުރިހަމަކޮށްފައިވާ ކޯޗުންނެވެ.

މިއަހަރަށް ގްރޫސްރޫޓްސް އެކަޑަމީގެ ތަމްރީންތައް ނިންމާލުމުގެ ގޮތުން ބޭއްވި ފެސްޓިވަލްގެ ތެރެއިން-

ގްރޫސް ރޫޓްސް އެކަޑަމީން ބުނިގޮތުގައި މިހާރު އޭދަފުށީގައި ފުޓްބޯޅައިގެ ހަރަކާތްތައް ހިންގަން ލިބިފައިވާ އެންމެ ބޮޑު ހިތްވަރަކީ ޒަމާނީ ފެންވަރުގެ ޓާފް އަޅާފައިވާ ބޮޑު ސައިޒުގެ ދަނޑެއް އޮތުމެވެ. އެގޮތުން މިއަހަރުން ފެށިގެން އެކަޑަމީގެ ތަމްރީންތައް މިހާރު ފަސޭހަ އިންތިޒާމެއްގެ ދަށުން ކުރިއަށްގެންދެވެ އެވެ.

ފެސްޓިވަލަށް ފަހު މި އަހަރަށް އެކެޑަމީގެ ހަރާކާތްތައް ނިންމާލުމަށް ފަހު ދެން ފަށާނީ ސްކޫލް ބޮޑު ޗުއްޓީ އަށް ފަހު އަންނަ އަހަރު އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.