ދޮންފަނު އިންވިޓޭޝަން ކަޕް ހުޅުވައިދޭނީ ދޮންފަން-އޭދަފުށި

ބ. އަތޮޅުގެ 23 އަހަރުންދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތް ބ. އޭދަފުށްޓާއި ދޮންފަނު ބައްދަލުކުރާ މެޗުން ޑިސެމްބަރު 1 ގައި ފަށާނެ އެވެ.

އަންނަ ޑިސެމްބަރުމަހުގެ 1-14 އަށް ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މި ފަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރާނެ އެވެ. އެއީ އޭދަފުށްޓާއި ދޮންފަނުގެ އިތުރުން ކިހާދޫ، ދަރަވަންދޫ، ގޮއިދޫ، ކެންދޫ އަދި މާޅޮހެވެ.

ހަތް ޓީމު ދެ ގްރޫޕަށް ބަހާލުމަށް ފަހު ގްރޫޕް އޭގައި ހިމެނެނީ ތިން ޓީމެވެ. އަދި ގްރޫޕް ބީގައި ހަތަރު ޓީމެވެ.

މިއީ މިހާރު މިއަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ އެއް މުބާރާތެވެ. މި މުބާރާތުގެ މެޗުތައް ބެލުމަށް ކައިރި ރަށްރަށުން ވެސް ދޮންފަނަށް މީހުން ދެ އެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ޒުވާން ކުޅުންތެރިން ބިނާކޮށް، ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް ލޯބިޖެއްސުން ހިމެނެ އެވެ. އަދި އަތޮޅުގައި ތިބި ޒުވާން އަދި އިހުގެ ފުޓްބޯޅަ ކުޅުންތެރިން އެއް މާހައުލަކުން ބައްދަލުކޮށްލުމާއެކު، އިހުގެ ކުޅުންތެރިންގެ ތަޖުރިބާއާއެކު، ޒުވާން ކުޅުންތެރިންނަށް ފުޓްބޯޅައިގެ ކުރިމަގު އުޖާލާކޮށްދިނުން ހިމެނޭ ކަމަށް ދޮންފަނު ޒުވާނުންގެ ރޫހުން ބުނެ އެވެ.

ދޮންފަނު އިންވިޓޭޝަނަލް ކަޕްގެ މިދިޔަ އަހަރުގެ ފައިނަލް ކިހާދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އޭދަފުއްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.