އުރީދޫ ކަލަ ރަންގެ ފޯރި މުޅި ހަފުތާ ބަންދަށް

Ooredoo Color Run held at Hulhumale Central Park on 8th December 2017

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވާ ކަލަ ރަންގެ ފޯރި އިތުރުކުރުމުގެ ގޮތުން، ދުވުން ބާއްވާ ހަފުތާ ބަންދަށް ހާއްސަ ހަރަކާތްތަކެއް ރާވައިފި އެވެ.

އާއިލާ އާއި ރައްޓެހިންނާ އެކު ހިތްގައިމު ވަގުތުތަކެއް ހޭދަކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން، އުރީދޫ އިން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި އުރީދޫ މޫދު މަޖާ އާއި އުރީދޫ ކައިޓް ފެސްޓިވަލް އާއި އުރީދޫ ކަލަ ރަންގެ އިތުރުން ކަލަ ރަން މިއުޒިކް ފެސްޓީވް ހިމެނެ އެވެ.

މި ހަރަކާތްތަކުގެ ތެރެއިން އުރީދޫ މޫދު މަޖާ މިއަދު ހެނދުނު 8:00 އިން 10:30 އަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތް ކުރިއަށްދިޔަ ވަގުތު އުރީދޫގެ ކެފޭ ޕާޓްނަރުންގެ ސްޓޯލްތަކުން ލިބޭ ކާބޯތަކެތީގެ ތެރޭގައި، ދަތުރުގޮސް ދިވެހިން ކައިއުޅޭ އަނބު މަޖާ އާއި މަސްކާށި ފަދަ ތަކެތި ލިބެން ހުއްޓެވެ.

މީގެ އިތުރުން އުރީދޫ ކައިޓް ފެސްޓިވަލް އޮންނާނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ. އުރީދޫ ގުޑި މަހާސަމާގައި މަޑި އެރުވުމާއި މަޑި ހެދުމުގެ ވާކްޝޮޕްތަކާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ހިމެނެ އެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓަ ވާކަށް ނުޖެހެ އެވެ.

މި ހަރަކާތްތަކުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓަރ ކުރާކަށް ނުޖެހޭނެއެވެ.

މީގެ އިތުރުން މާދަމާ ހަވީރު، އުރީދޫ ކަލަ ރަން އޮންނާނެ އެވެ. ހަވީރު 3:30 އިން 6:00 އަށް ކުރިއަށްދާ ފަސް ކިލޯ މީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރާނެ އެވެ.

އުރީދޫ ކަލާ ރަންގައި ބައިވެރިވެ، މެޑަލް ލިބިގެންދާނީ ރަޖިސްޓާ ކުރާ ދުވުންތެރިންނަށެވެ

ކަލަ ރަން ހަރަކާތަށް ފަހު މާދަމާރޭ 8:30 އިން 11:00 އަށް މިއުޒިކް ފެސްޓިވަލް އޮންނާނެ އެވެ. ކަލަ ރަން ނިމުމަށް ފަހު، ހޮނިހިރު ދުވަހުގެ ރޭގަނޑު ހާއްސަކޮށްފައިވަނީ ރާއްޖޭގެ ކުޅަދާނަ މިއުޒިކީ ތަރިންނާ އެކު ބާއްވާ މިއުޒިކް ޝޯއަކަށެވެ. މިފަހަރުގެ މިއުޒިކް ޝޯގައި ސްކައި ރޮކް، ގްރެވިޓީ، 2 ސެންސް، އީކުއޭޓިކް ވައިބް، ސިމްބޮލިކް ރިކޯޑްސް، ޒަކިއްޓެ ލައިވް، ލެވިޓޭޝަން ބައި ހަބޭސް އަދި ހަބޭސް ބޮޑުބެރު ފަދަ މަގްބޫލު އާޓިސްޓުން ފެންނާނެ ކަމަށް އުރީދޫ އިން ބުންޏެވެ..

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.