އަތޮޅު ލީގު ބެޑްމިންޓަން ޗެމްޕިއަންކަން ހުސޭނަށް

12 ވަނަ ބެޑްމިންޓަން އަތޮޅު ލީގުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހުސައިން މުހައްމަދު ހޯދައިފި އެވެ.

މިއީ އޭދަފުށީގައި އުދެފުނު ބެޑްމިންޓަންގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ  ހުސައިން މި މުބާރާތުގެ ތަށި އުފުލާލި ތިން ވަނަ ފަހަރެވެ. ހުސައިން ވަނީ 2014 އަދި 2015 ވަނަ އަހަރުވެސް އަތޮޅު ލީގުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ.

މީގެ އިތުރުން ހުސައިން ވަނީ މިއަހަރު އޮތް ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަން ފިރިހެން ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުޅުނު ފައިނަލް މެޗުން ހުސައިން މޮޅުވީ ނާތިޖު އަލީ އާ ވާދަކޮށެވެ.

ފައިނަލުގެ ސެޓުތައް ހުސައިން ވަނީ ފަސޭހަކަމާ އެކު  ގެންގޮސްފަ އެވެ. އޭނާ ސެޓުތައް ކާމިޔާބުކުރީ 21-18، 21-16 އިންނެވެ.

ހުސައިން ބުނީ މިހާ ވަރުގެ ކާމިޔާބީ ލިބުމުގެ އެންމެ ބޮޑު ސަބަބަކީ އޭދަފުށީ ބެޑްމިންޓަން ޓީމުގެ އެންމެންގެ އެއްބާރުލުމާއި އާއިލާ އަދި ހުރިހާ ރައްޓެހިންގެ ސަޕޯޓް އެންމެ ފުރިހަމަ އަށް ލިބުން ކަމަށެވެ.

އަތޮޅު ލީގުގެ ޓީމް އިވެންޓުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން  މިއަހަރު ހޯދީ ނ. ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.