ޒުވާން ކުޅުންތެރިޔާ ހަމްޕު ކައިވެނިކޮށްފި

ގައުމީ ޓީމުގެ ޒުވާން ކުޅުންތެރިއާ ހަމްޒާ މުހައްމަދު (ހަމްޕު) ރޭ ކައިވެނިކޮށްފި އެވެ.

ބ. އޭދަފުއްޓަށް އުފަން ހުނަރުވެރި ފޯވާޑް ހަމްޕު ކައިވެނިކޮށްފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ހދ. މަކުނުދޫ އައިޝަތު ޝަހުމާއާ އެވެ. އެ ދެ މީހުންގެ ކައިވެނީގެ ހަފުލާ ބާއްވާފައި ވަނީ ތާޖުއްދީން ސްކޫލުގަ އެވެ.

މި ހަފުލާގައި، ފުޓްބޯޅަ އާއިލާގައި ހަރަކާތްތެރިވާ ވަރަށް ގިނަ ބަޔަކު ބައިވެރިވި އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ ބައެއް އިސް ފަރާތްތައް ވެސް ހިމެނެ އެވެ. ޒުވާން އުމުރުގައި ގައުމީ ޓީމުން ގަވައިދުން ޖާގަ ހޯދާ ބޮޑެތި މެޗުތަކުގައި ޓީމުގެ ފުރަތަމަ އެގާރައިގައި ހަމްޕު އަންނަނީ ކުޅެމުންނެވެ.

މީގެ ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ފަސް އަހަރު ދުވަސް ވަންދެން ކުޅުމަށް ފަހު މިއަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން އަށް ބަދަލުވި ހަމްޕު ރޭ ކައިވެނިކުރިއިރު އަންނަ މަހު އެއް ވަނަ ދުވަހު ނޭޕާލްގައި ފަށާ ސައުތު އޭޝިއަން ގޭމްސް ގައި ރާއްޖެއިން ބައިވެރިވާ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހަމްޕު ވަނީ ހިމެނިފައެވެ. ގޭމްސްގައި ވާދަކުރުމަށް ގައުމީ ފުޓްބޯޅަ ޓީމް އިއްޔެ ހަވީރު ފުރާފައިވާއިރު މާދަމާގެ ވަގުތެއްގައި ޓީމާ ގުޅެން ހަމްޕު ނޭޕާލަށް ފުރާނެއެވެ.

ހަމްޕު ވަނީ ރާއްޖޭގައި ދެމުން އައި އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް ކަމަށްވާ “ހަވީރު ސްޕޯޓްސް އެވޯޑްސް” ގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު 2016 ވަނަ އަހަރު ހާސިލްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.