ދޮންފަނުން ފަހަތުން އަރައި ޗެމްޕިއަން އޭދަފުށި ހިފަހައްޓައިފި

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި ލީޑް ނަގާފައި ވަނިކޮށް ދޮންފަނުން ފަހަތުން އަރައި 3-3 އިން މެޗު އެއްވަރުކޮށްފި އެވެ

ބ. އަތޮޅުގެ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތް މި އަހަރު ހުޅުވައިދިނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްގަނީ އެވެ.

މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި މެޗުގެ 25 ވަނަ މިނިޓުގައި އޭދަފުށިން ވަނީ ލީޑު ނަގައިފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްދިނީ ކުރިއަށް ކުޅޭ އަލީ ނަސީމު އެވެ. އަދި މެޗުގެ 43 ވަނަ މިނިޓްގައި އޭދަފުއްޓަށް ލީޑް ފުޅާ ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހިމް ޝަރީފު އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ދޮންފަނު ޓީމުން ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ.

ދެވަނަ ހާފު ފެށިތަނާ އިބްރާހިމް ޝަރީފު އޭދަފުއްޓަށް އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދިން ނަމަވެސް މެޗުގެ 70 ވަނަ މިނިޓްގައި ދޮންފަނުން ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ.

ދޮންފަނުން އެއްވަރުކުރީ 80 ވަނަ މިނެޓުގައި އެޓިމަށް ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން އިބްރާހިމް އިރުޝާމް ޖެހި ލަނޑުންނެވެ.

މި މުބާރާތުގައި މާދަމާކުޅޭ މެޗުގައި ކެންދޫއާ ދެކޮޅަށް ނުކުންނާނީ ދަރަވަންދޫ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.