ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުން ފަތަރުންއަރާ ދަރަވަންދޫ އަތުން ކެންދޫ މޮޅުވެއްޖެ އެވެ.
މުބާރާތުގެ ކުޅުން އިއްޔެ ފެށިއިރު، މިއަދު ކުޅެފައިވަނީ ގްރޫޕް ބީގެ މެޗެކެވެ. މިއަދުގެ މެޗުން ދަރަވަންދޫ އަތުން ކެންދޫ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
ދޮންފަނު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ހަވަނަ މިނިޓްގައި ދަރަވަންދޫ ޓީމަށް ލީޑު ނަގައިދިނީ ސާމިހު އަލީ ޝަރީފެވެ.
ނަމަވެސް ދެވަނަ ހާފު ފެށިތަނާ ކެންދޫ ޓީމަށް އެއްވަރުކޮށްދިނީ އަބްދުﷲ ރަޝީދެވެ. މި މެޗުން ކެންދޫ މޮޅުވީ 78 ވަނަ މިނެޓުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުﷲ ރަޝީދު ކާމިޔާބުކޮށްދިން ލާނޑުންނެވެ
ބ. އަތޮޅުގެ 23 އަހަރުންދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެން މި މުބާރާތުގައި މި ފަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރެއެވެ.
މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް އޭގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ކިހާދުއާއި ގޮއިދޫ އެވެ.