ދޮންފަނު އިންވިޓޭޝަން ކަޕް: މާޅޮސް އަތުން ކިހާދުއަށް ފަސޭހަ މޮޅެއް

ދޮންފަނު އިންވިޓޭޝަން ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުން މާޅޮސް އަތުން 4-1 އިން ފަސޭހަކަމާއެކު ކިހާދޫ މޮޅުވެއްޖެ އެވެ.

ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ މާޅޮހުންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ނަޖާހު އެވެ.

އެކަމަކު ކިހާދޫން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މާއިޝް އެވެ. ކިހާދޫން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ދެވަނަ ހާފުގެ ކުރީކޮޅު ހުސެއިން ހަނާން ޖެހި ދެ ގޯލުންނެވެ. އަދި ކިހާދޫގެ ހަތަރުވަނަ ގޯލް 71 ވަނަ މިނެޓުގައި ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު އަހުސަން އެވެ.

މުބާރާތުގައި ގްރޫޕް އޭ ގައި ކުޅުނު ފުރަތަމަ މެޗުން ގޮއިދޫ ވަނީ ކިހާދޫ އަތުން 3-2 އިން މޮޅުވެފައެވެ. އެހެންކަމުން މި ގްރޫޕުގައި އެއްވަނައިގައި އޮތް ކިހާދުއާއި ގޮއިދޫއަށް 3 ޕޮއިންޓު ލިބިފައިވާއިރު، ކިހާދުއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

މުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް ބީގެ މެޗެެކެވެ. މި މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުއްޓާއި ދަރަވަންދުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.