ދޮންފަނު އިންވިޓޭޝަން ކަޕް: އޭދަފުށި ސެމީއަށް

ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު ދަރަވަންދޫ އަތުން 3-1 އިން ހޯދި މޮޅާ އެކު އެންމެފަހުގެ ޗެމްޕިއަން އޭދަފުށި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އޭދަފުށި ސެމީން ޖާގަހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުން ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ، ހަތް ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ދެވަނައިގައި އޮތް ދަރަވަންދުއާއި ތިންވަނައިގައި އޮތް ކެންދުއަށްވެސް 3 ޕޮއިންޓު ލިބިފައިވާއިރު، ދަރަވަންދުއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ދޮންފަނު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ އޭދަފުށިންނެވެ. މި ގޯލް 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހީމް ޝަރީފް އެވެ. އަދި 71 ވަނަ މިނެޓުގައި އިބްރާހީމް ޝަރީފް ވަނީ އިތުރު ލަނޑެއް ޖަހައި އޭދަފުއްޓަށް ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު އޭގެ ފަސް މިނެޓު ފަހުން އަލީ މާއިޒްގެ ގޯލުން ދަރަވަންދޫން ވަނީ ފަރަގު ކުޑަކޮށްފައެވެ. މެޗުގައި އޭދަފުށިން ދެވަނަ ފަހަރަށް ލީޑު ފުޅާކުރީ އިތުރު ވަގުތުގައި ހުސެއިން ޝަރީފް ކާމިޔާބުކުރި ގޯލުންނެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުއްޓަށް ދެ ގޯލް ޖަހައިދިން އިބްރާހީމް ޝަރީފެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ދޮންފަނާ ދެކޮޅަށް ނުކުންނާނީ ކެންދޫ އެވެ. މި މެޗުން ދޮންފަނު އަތުން މޮޅުވެ ނުވަތަ އެއްވަރުކޮށްލިޔަސް ސެމީއަށް ދިއުމުގެ ފުރުސަތު ކެންދުއަށް އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.