ދޮންފަނު އިންވިޓޭޝަން ކަޕް: ކެންދޫ ބަލިކޮށް ދޮންފަނު ސެމީއަށް

ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު ކެންދޫގެ މައްޗަށް 2-1 އިން ކުރިހޯދައި ދޮންފަނު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި މެޗާ އެކު ގްރޫޕް ބީގެ ހުރިހާ މެޗެއް ނިމުނުއިރު އެންމެފަހުގެ ޗެމްޕިއަން އޭދަފުއްޓަށް އެއް ވަނަ ލިބުނީ ދެ މެޗުން މޮޅުވެ، އެއްމެޗުން އެއްވަރުވެ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދޮންފަނު ދިޔައީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފުލުގައި އޮތް ދަރަވަންދޫ އާއި ކެންދޫ އަށް ލިބުނީ ތިން ޕޮއިންޓެވެ.

ދޮންފަނު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވާދަވެރި ކުޅުމެއް ފެނުނެވެ. މޮޅުވާ ޓީމަކަށް ސެމީން ޖާގަ ލިބޭތީ ދެ ޓީމުން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

މެޗުގެ 14 ވަނަ މިނިތްގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކެންދޫންނެވެ. ނަމަވެސް 43 ވަނަ މިނިޓްގައި ނަތީޖާ އެއްވަރުވީ ކެންދޫގެ އަހަމަދު ސާހީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ދޮންފަނު މޮޅުވީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި މުހައްމަދު ރީހާން ކާމިޔާބުކުރި ގޯލުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދޮންފަނުގެ ހުސެއިން ޒިމާމެވެ.

މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް އޭގެ ފަހު މެޗެވެ. ގްރޫޕް އޭގައި ހިމެނެނީ ކިހާދުއާއި ގޮއިދޫ އަދި މާޅޮހެއެވެ. މާދަމާ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ގޮއިދުއާއި މާޅޮހެވެ.

ގްރޫޕް އޭއިން މިހާތަނަށް އެއްވެސް ޓީމެއް ސެމީއަށް ދަތުރުކޮށްފައިނުވާއިރު، އެއްވަނައިގައި އޮތް ގޮއިދުއާއި ދެވަނައިގައި އޮތް ކިހާދުއަށް ވަނީ 3 ޕޮއިންޓު ލިބިފައެވެ. މާޅޮސް ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.