ދިރާގުގެ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

 

ދިރާގު ޕްރޮމޯޝަންގައި އިނާމް ލިބުނު ފަރާތްތައް ފޮޓޯއަކަށް ހުއްޓި
ދިރާގު ޕްރޮމޯޝަންގައި އިނާމް ލިބުނު ފަރާތްތައް ފޮޓޯއަކަށް ހުއްޓި

ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން ބޭއްވި “ދިރާގު ރޯދަ ހަދިޔާ” ޕްރޮމޯޝަންގައި ބައިވެރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ހަތަރު ފަރާތަށް ޔަމަހާ ސައިކަލްގެ ތަޅުދަނޑި މިއަދު ހަވާލުކޮށްފި އެވެ.

އެލިޔާ އިންވެސްޓްމަންޓުން ހުށަހެޅި އެ ހަތަރު ސައިލު، ދިރާގު މައި އޮފީހުގައި މިއަދު ބޭއްވި އެ ހަފްލާއެއްގައި، ގުރުއަތުން ލިބުނީ ހ. ޑީންސްވިލާ އިސްމާއިލް ޝާން ވަހީއްދުއްދީނާއި ގއ. ދާންދޫ ފެހިވިދުވަރުގެ ޙުވަލަދް އިބްރާހިމާއި މ. އަރިލިގަ އިބްރާހިމާއި އަދި ހ. މާފޮޅޭ ވިލާ، އަހުމަދު އާދިލް ޔަހްޔާ އަށެވެ.

ދިރާގު ރޯދަ ހަދިޔާގެ ނަމުގައި ހިންގި އެ ޕްރޮމޯޝަނަކީ ދިރާގުގެ ހިދުމަތް ހޯއްދަވަމުން ގެންދަވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ތައާރަފްކޮށްފައިވާ ޕްރޮމޯޝަނެކެވެ. އެގޮތުން ދިރާގު ޕްރިޕެއިޑް، ޕޯސްޓް ޕެއިޑް، ފިކްސްޑް ލައިން އަދި އޭޑީއެސްއެލް އިންޓަނެޓް ބިލަށް 150 ހަރަދުކޮށްފައިވާ ހުރިހާ ކަސްޓަމަރުންނަށް ވެސް އެ ލަކީޑްރޯގައި ބައިވެރިވެފައިވާނޭ ކަމަށް ދިރާގުން ބުނެފައިވެ އެވެ.
އެ ޕްރޮމޯޝަންގައި ގުރުއަތުން ހޮވުނު ފަރާތްތަކަށް “ޔަމަހާ ސޯލް ޖީޓީ”،”ބައިސަން”،”ޒިއޯން” އަދި “ފީނޯ”ގެ ތެރެއިން އެ މީހަކު ބޭނުން ބްރޭންޑެއްގެ ސައިކަލެއް އިހްތިޔާރު ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

އެލިއާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާ ގުޅިގެން ހިންގި އެ ޕްރޮމޯޝަން ގުރުއަތުން ހޮވުނު ފަރާތްތަކަށް ސައިކަލު ހަވާލު ކުރާނީ ސައިކަލް ރަޖީސްޓްރީ ކުރުމާ ހަމަ އަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްފައި ކަމަށް ދިރާގުގެ ސީނިޔާ މާކެޓިންގް ކޮމިއުނިކޭޝަން އެންޑް ޕީއާރް އެގްޒެކެޓިވް އިބްރާހިމް އިމްޖާދް ޖަލީލް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.